ށ. މިލަންދޫގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ، ރޭ 11:09 ހާއިރު، އެ ރަށު "އާދަމްކޮއިބޭ" ފައިބަރު މަސައްކަތްކުރާ ސަރަހައްދުން ދުން އަރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ފުލުހުންނާއި އެ ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ދަންވަރު އެކެއް ޖަހާ ކަންހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ތިން ޑިންގީއަކާއި ފައިބަރު މަސައްކަތް ކުރަން ގެންގުޅޭ ބައެއް ސާމާނު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އަލިފާން ރޯވި ސަބަބު ހޯދުމަށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް