ށ. ފޯކައިދޫގައި އިމާރާތްކުރާ އިސްލާމީ ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޯކައިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު (ޑީސީޕީ ރިޓަޔަޑް) އަހުމަދު ސައުދީއާއި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމްގެ އިތުރުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ބައިވެރިވެވަޑައިގަތެވެ.
ޒަމާނީ ފެންވަރަށް ތައްގީކުރަން ނިންމާފައިވާ ފޯކައިދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އެ ސެންޓަރުގެ މަސައްކަތް ނިމޭއިރު ކޮންފަރެންސް ހޯލަކާއި ލައިބްރަރީއަކާއި ހަތަރު ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބައެއްގެ އިތުރުން ސޯލާ ހަރުކޮށް، އޭސީ ކުރުމާއި ހިނަވާގެއެއް ހިމެނޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ށ. ފޯކައިދޫ
ށ. ފޯކައިދޫ
ށ. ފޯކައިދޫ