ށ. ފޯކައިދޫ ފުލުހުންގެ ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއް ސައިކަލުގައި ރޯކޮށްލައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރޯ ކޮށްލާފައިވަނީ ފޯކައިދޫ ޕޮލިސްގެ އިސްވެރިޔާގެ ސައިކަލުގައެވެ.
ފުލުހުން މިއަދު "ވަން" އަށް ބުނީ ފޯކައިދޫގައި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ 22:30 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ރޯކޮށްލާފައިވާ ސައިކަލަކީ ފޯކައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއް ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި އޭނާގެ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އަލިފާނުގެ ހާދިސާގައި އެ ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ގޭގެ ގޭޓުގެ ބައެއް ބައިތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް