މަސްއޫދު އިމާދު މ.ތުޅާގިރި، އާއި އާއިޝަތު އަޒީމާ މ. ބިނާފުށި ދެ ގައުމެއްގެ ނޮން ރެޒިޓެންޓް ސަފީރުކަމަށް އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މަސްއޫދު އިމާދު އައްޔަން ކުރަނީ މޮރިޝަސްއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށެވެ. އަޒީމާ އައްޔަން ކުރަން ހަމަޖެހިފައިވަނީ، ކަޖަކިސްތާނުގައި ހުންނަވާ ނޮންރެޒިޑެޓް ސަފީރު ކަމަށެވެ.

މިދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މަސްއޫދަކީ ސްރީލަންކާއަށް ރާއްޖެއިން ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އަޒީމާއަކީ އިންޑިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.