ގައުމީ ޓީމަށް ކުޅެނިކޮށް ކަކުލަށް ދިމާވި މައްސަލައަކާ ގުޅިގެން އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް ސްކޮޑުން ވަކިވެއްޖެއެވެ.
ޗެލްސީއަށް މި ސީޒަނުގައި މުހިއްމު ރޯލެއް ކުޅެމުންދާ އެންޒޯ ވަނީ އާޖެންޓީނާއިން އެންމެފަހުން ވެނެޒުއޭލާއާ ދެކޮޅަށް ކުޅެ، 1-0 އިން މޮޅުވި މެޗުގެ ބޮޑު ބައެއްގައި ކުޅެފައެވެ. އޭނާއަށް އަނިޔާވީ މެޗު ތެރެއިން ނޫން ނަަމަވެސް، އެމެޗަށްފަހު ކަކޫ ވަރަށް ބޮޑަށް ދުޅަވެ، އިތުރު ޓެސްޓްތައް ހަދަން ޖެހިފައިވާ ކަމަށް އާޖެންޓީނާ މެޑިކަލް ޓީމުން ބުނެފައިވެއެވެ.
ފެނާންޑޭޒް މިހާތަނަށް ސީޒަނުގައި ޗެލްސީން ކުޅުނު ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް ފެނިގެން ގޮސްފައިވެއެވެ. ލީގުގައި އެ ކްލަބަށް ތިން ގޯލްވެސް އޭނާ ޖަހައިދީފައިވާ އިރު، މިޑްފީލްޑަރަކަށް އަނިޔާވުން ވެގެން ދާނީ ކޯޗު އެންޒޯ މަރެސްކާއަށް ހާސްކަމަކަށެވެ.
މިވަގުތުވެސް ޗެލްސީގެ މެދަށް ކުޅޭ އެޓީމުގެ ތަރި ކޯލް ޕާމާއާއި ޑާރިއޯ އެސޫގޯ އަދި އަންދްރޭ ސަންޓޯސްވެސް ތިބީ އަނިޔާވެ، ކުޅުމާ ދުރުގައެވެ. އެލިސްޓަށް އެންޒޯގެ ނަން އިތުރުވެގެން ދިޔުމާއެކު، އަންނަ ހަފުތާ އޮންނަ ލީގު މެޗުގައި އޭނާ ނުފެނުންވެސް އެކަށީގެންވެއެވެ.
އެހެން ނަމަވެސް، އަނިޔާގެ އިތުރު ތަފްސީލުތައް އެނގޭނީ ކްލަބުން ޓެސްޓްތައް ހެދުމުން ކަމަށް ނޫސްތައް ބުނެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ