ފުލުހުންގެ ބަންދުގައި، ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންދިޔަ މީހުން މިހާރު ކާން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންދިޔައީ، މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ފުލުހުންގެ ބަންދުގައި ތިބި ހަ މީހުންނެވެ.
އެ ރޭގެ މުޒާހަރާއިން އަށް މީހުން ހައްޔަރުކޮށް ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. އަނެއް ދެ މީހުން ވަނީ ދޫކޮށްލައިފައެވެ.
ފަނަރަ ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުކުރި މީހުން:
- ޔައުގޫބު އަބްދުﷲ، ކުރީގެ މަޖިލިސް މެންބަރު
- ޔާސިރު އަބްދުﷲ، ކުރީގެ މަޖިލިސް މެންބަރު
- ހަސަން ސޮލާހް، މާފުށީ ކައުންސިލްގެ ރައީސް
- އަޒީމް އަލީ
- ހަސަން ޝާހިރު
އެމްޑީޕީން މިއަދު ބުނިގޮތުގައި އެމީހުންނާ މެދު އަމަލު ކުރަމުން ދަނީ ނާއިންސާފުން ކަމަށާއި ފަރުވާ ހޯދުމުގައި ތަފާތުކުރުމާއި ފަރުވާ ހޯދަން ހުރަސްއެޅުން އަދި ތަހުގީގު ލަސްކުރަމުންދާ ކަމަށެވެ. އެހެންވެ އެމީހުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދިޔަ މީހުން، މިރެއިން ފެށިގެން ކާން ފަށާފައިވާ ކަމަށެވެ.
ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސް އިން އެކަން މޮނިޓާކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކާން ދޭނެ ކަމެއްނެތް!
ރައްޔިތުންގެ ލާރިން - 8 މަސް ކުރިން