އދ. އޮމަދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްްކަތް ފަށައިފިއެވެ.
އޮމަދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްްމިއްޔާތެއްގައެވެ.
އެ ކޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. މިނިސްޓަރުގެ އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުން މަޖުލީހުގެ މެންބަރުންނާއި އޮމަދޫ ކައުންސިލުު އިދާރާގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ ދަގަނޑު މަސައްކަތާއި ކޮންކްރީޓު މަސައްކަތާއި ކަަރަންޓުގެ މަސައްކަތާއި ޓާފް އެޅުން އަދި އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތެވެ.
ފާތިމަތު ލިއުޝާ
އދ. އޮމަދޫ
އދ. އޮމަދޫ
އދ. އޮމަދޫ
އދ. އޮމަދޫ