އދ. ހަންޏާމީދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްްކަތް ފަށައިފިއެވެ.

ހަންޏާމީދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްްމިއްޔާތެއްގައެވެ.

އެ ކޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. މިނިސްޓަރުގެ އަރިހުގައި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އާއި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުން މަޖުލިހުގެ މެންބަރުންނާއި ހަންޏާމީދޫ ކައުންސިލުު އިދާރާގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 431،343.92 ލައްކަ ރުފިޔާއަށް 120 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ ދަގަނޑު މަސައްކަތާއި ކޮންކްރީޓު މަސައްކަތާއި ކަަރަންޓުގެ މަސައްކަތާއި ޓާފް އެޅުން އަދި އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތެވެ.