އދ. ހަންޏާމީދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގައި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށް ކުރެއްވި ޒިޔާރަތުގައެވެ.
އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
ހަންޏާމީދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ. މިނިސްޓަރުގެ އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރާއި ދާއިރާގެ މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 2026 ނިމޭއިރު ޕޮލިސް ސްޓޭޝަން ނެތް ކޮންމެ ރަށެއްގައި އެ ސެންޓަރުތައް ގާއިމް ކުރުމެވެ.
ފާތިމަތު ލިއުޝާ
އދ. ހަންޏާމީދޫ
އދ. ހަންޏާމީދޫ
އދ. ހަންޏާމީދޫ