އދ. ހަންޏާމީދޫ ސްކޫލް އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހަންޏާމީދޫ ސްކޫލް އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައިސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. ގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ހަންޏާމީދޫ ސްކޫލް އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު ސައުދީއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

އެ މަޝްރޫ އެމްޓީސީސީއާ ހަވާލުކުރީ 22.63 މިލިޔަން ރުފިޔާއަށް 540 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަސައްކަތުގެ ދަށުން 9500 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ފްލޯއަށް، ސްކޫލު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެެމްޓިސީސީން ބުންޏެވެ.