އދ. ހަންޏާމީދޫ ކައުންސިލު އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.
ހަންޏާމީދޫ ކައުންސިލް އިދާރާގެ އިމާރާތް ރައީސް މުއިއްޒު ހުޅުވައިދެއްވީ، އެމަނިކުފާނު އދ. ގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ހަންޏާމީދޫ ކައުންސިލް އިދާރާގެ މެންބަރުންގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
ކައުންސިލް އިދާރާގެ އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެ އިމާރާތް ބައްލަވާލައްވައިފައެވެ.
ރާއްޖޭގެ 160 އަށްވުރެ ގިނަ ކައުންސިލްތަކަކީ އިމާރާތް ބާވެ، ޖާގަ ދަތި ކައުންސިލްތަކަކަށް ވުމުން އެ ކައުންސިލުތަކުގެ އިމާރާތްތައް އެކި ރަށްރަށުގައި ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ވަނީ ފަށައިފައެވެ.
އެގޮތުން ސަރުކާރުގެ މޯލްޑިވްސް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތާއި ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ 50 ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތްތައް ފަށާފައިވާ އިރު، ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމޭއިރު، ކައުންސިލުތަކުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނެސްދިނުމެވެ.
ފާތިމަތު ލިއުޝާ
އދ. ހަންޏާމީދޫ
އދ. ހަންޏާމީދޫ
އދ. ހަންޏާމީދޫ