ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ސެވިއްޔާ ކައިރިން ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ބާސާ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބާސާއަށް އަލުން އެއްވަނައަށް އަރަން ލިބުނު ފުުރުސަތު ވަނީ ގެއްލިފައެވެ. މިރޭގެ މެޗު ފިޔަވައި ދެން ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބާސާ އޮތް އިރު، އެޓީމު މިވަގުތު ދެވަނައިގައި އޮތީ އަށް މެޗުން 19 ޕޮއިންޓާއެކުގައެވެ.
ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެ، އެޓީމު މިވަގުތު އޮތީ އެއްވަނައިގައެވެ. އެއީ އަށް މެޗުން 21 ޕޮއިންޓާއެކުގައެވެ. މިރޭ މޮޅުވި ނަމަ، ބާސާއަށް އެއްވަނައަށް އެރުމަށް ފުރުސަތު އޮތެވެ.
މެޗުގެ ކުރީކޮޅުގައި ސެވިއްޔާއިން ވަނީ ލީޑު ނަގައިފައެވެ. އޭރިއާ ތެރެއިން ރޮނާލްޑް އަރައޫހޯ، އިސާކް ރޮމޭރޯއަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީގައި ސެވިއްޔާއަށް ލީޑު ނަގައިދިނީ އެލެކްސިސް ސަންޗޭޒްއެވެ.
އޭގެފަހުންވެސް ރަނގަޅަށް ކުޅެމުންދިޔަ ސެވިއްޔާއިން 36 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. ރިބެން ވާގާސްގެ ހުރަހަކުން އެ ގޯލް ޖަހައިދިނީ ރޮމޭރޯއެވެ.
ހާފު ނިމެން ދަނިކޮށް މާކަސް ރަޝްފޯޑުގެ ގޯލަކުން ބާސާ ފަރަގު ކުޑަކޮށް، ދެވަނަ ހާފަށް އުންމީދެއް ހޯދިއެވެ.
ނަތީޖާ އަނބުރާލުމަށް ނުކުތް ބާސާއިން ދެވަނަ ހާފު ރަނގަޅަށް ފެށި އިރު، އެޓީމަށް ވަނީ ރަނގަޅު ވަގުތުގައި މެޗު އެއްވަރު ކުރުމަށް ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއިން އަދްނާން ޔަނޫޖާޒް ކުރި ފައުލަށް ލިބުނު ޕެނަލްޓީގައި ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.
ސެވިއްޔާއިން އަނެއް ދެ ގޯލުވެސް ޖެހީ ފަހުވަގުތު ކޮޅުގައެވެ. އެ ގޯލުތައް ޖެހީ ޖޯސޭ އެންހޭލް ކަރްމޯނާއާއި އަކޯރް އެޑަމްއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ