ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ވިލަރެއާލް ބަލިކޮށްފިއެވެ.
މިދިޔަ ހަފުތާ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް ކައިރިން ބަލިވުމާއެކު ރެއާލަށް އެއްވަނަ ގެއްލުނު ނަމަވެސް، ރޭގެ މެޗުން މޮޅުވެ އެޓީމު ވަނީ އަނެއްކާވެސް ވަގުތީ ގޮތުން އެއްވަނައަށް ޖެހިލައިފައެވެ.
ރޭ އަމިއްލަ ދަނޑުގައި 3-1 އިން ވިލަރެއާލް ބަލިކޮށްފައިވާ އިރު، އެޓީމު އެއްވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާއެކުގައެވެ. ބާސާއަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާ އިރު، ވިލަރެއާލް ތިންވަނައިގައި އޮތީ 16 އަށް މެޗުން 16 ޕޮއިންޓާއެކުގައެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލް ފެނުނީ ދަށް ކޮށެވެ. ހާފް ޓައިމްއަށް ޓީމު ފައިބައިގެން ދިޔައިރު ސަޕޯޓަރުންގެ ނުރުހުންވެސް އަމާޒުކޮށްފައިވަ އިރު، ދެވަނަ ހާފު ފެށިގެން 90 ވަރަކަށް ސިކުންތު ތެރޭގައި ރެއާލް ލީޑު ނެގިއެވެ.
ކިލިއަން އެމްބާޕޭގެ ފްލިކަކުން ޖައްސާލި ބޯޅައިގައި ރެއާލަށް ލީޑު ނަގައިދިން ގޯލް ޖެހީ ވިނީޝިއަސް ޖޫނިއާއެވެ. އެ ގޯލަށްފަހުވެސް ވިނީޝިއަސްގެ ނުރައްކާ ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ދެވަނަ ގޯލެއް ޖަހައި ފަރަގު ބޮޑުކުރިވެސް މެއެވެ.
އޭގެ އިރުކޮޅެއްފަހުން ޖޫޑް ބެލިންހަމްއަށް ލިބުނު ފުރުސަތެއް އޭނާ އަތުން ގެއްލިގެން ދިޔަ އިރު، އަނެއްކޮޅުން ޖޯޖިއާ ފޯވަޑް ޖޯޖެސް މިކައުޓަޑްޒޭ ވަނީ ވިލަރެއާލަށް ގޯލް ޖަހައިދިނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މެޗުން ޕޮއިންޓަކަށް މަސައްކަތް ކުރަނިކޮށް ވިލަރެއާލްގެ ސަންތިއާގޯ މޮރީނޯއަށް ދެއްކި ރަތް ކާޑާއެކު ރެއާލަށް މެޗު ފަސޭހަވިއެވެ. ރެއާލްގެ ތިންވަނަ ގޯލް ޖަހައިދިނީ އެމްބާޕޭއެވެ.
ފަހުކޮޅުގައި އެމްބާޕޭއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބި، ބާލަން ޖެހިފައިވާ އިރު، އެއީ މެޗުން ރެއާލަށް ލިބުނު ހަމައެކަނި ގެއްލުމެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ