އުމުރުން 18 އަހަރުގެ ބާސެލޯނާ އަދި ސްޕެއިންގެ ތަރި ލެމީން ޔަމާލްގެ އުކުޅުވަޅަށް ލިބުނު އަނިޔާ އިތުރަށް ދިގުލައިގެން ގޮސް، ސްޕެއިން ގައުމީ ޓީމުގެ މެޗުތައް ގެއްލޭނެ ކަމަށް ކްލަބުން ބުނެފިއެވެ.
ޔަމާލް، ބާސާއިން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ނަމަވެސް، ކްލަބުން ބުނީ އެ މެޗަށްފަހު އަނެއްކާވެސް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ކުރިންވެސް ޔަމާލަށް ވަނީ ހަތަރު ވަރަކަށް ހަފުތާގެ ކުޅުން ގެއްލިފައެވެ.
ޔަމާލަށް ފުރަތަމަ އަނިޔާވީ ސެޕްޓެމްބަރުގެ އިންޓަނޭޝަނަލް ބްރޭކްގައެވެ. އެއީ ސްޕެއިނުން ތުރުކީއާއި ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައެވެ. އެފަަހަރު ބާސާގެ ކޯޗު ހާންސީ ފްލިކް ވަނީ ސްޕެއިން ގައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭއަށް ބަހުގެ ހަމަލާތައް ދީފައެވެ. ފްލިކް ބުނީ ކުޅުންތެރިންގެ ހިމާޔަތުގައި މަސައްކަތް ނުކުރާ ކަމަށް ބުނެ، ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ފްލިކް ބުނީ ކުޅުންތެރިންނަށް އަނިޔާ ވަނީ ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރުވާ ކުޑަކަމުން ކަމަށެވެ.
ޕީއެސްޖީއާ ދެކޮޅަށް ޔަމާލް ކުޅުމާއެކު، ސްޕެއިން ގައުމީ ޓީމަށް ނެގި ނަމަވެސް، ބާސާގެ މެޑިކަލް ޓީމުގެ ނިންމުމާއެކު، މިހާރު އޭނާ ވަނީ ސްކޮޑުން ބޭރުކޮށްފައެވެ. އުސޫލުތައް ބުނާ ގޮތުން ކްލަބުގެ މެޗު ކުޅުމަށްފަހު އަނިޔާގެ ތަފްސީލު ފުރިހަމައަށް ދީގެން ނޫން ގޮތަކަށް، ގައުމީ ޓީމުން ދުރަށް ނުދެވޭނެއެވެ.
ފްލިކް މެދުވެރިވެ، ބާސާ މެޑިކަލް ޓީމުން ސްޕެއިން ގައުމީ ޓީމުގެ މެޑިކަލް ޓީމާ ބައްދަލުކުރި ކަމަށް ނޫސްތައް ބުނެފައިވާ އިރު، ބައެއް ނޫސްތައް ބުނީ ޔަމާލް ގައުމީ ޓީމަށް ދޫކުރަން ފްލިކް ބޭނުންނުވީ ކަމަށެވެ. ހާއްސަކޮށް ކުރިން ޖެހުނު މައްސަލަ އެއީ އޭގެ ސަބަބެއް ކަމަށް ނޫސްތައް ބުނެއެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ