ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ތިނަދޫ، ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިއަދު 7:44 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ސައިކަލު ދުއްވި މީހާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.