ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ފަދައިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުުވާނެ ކަމަށެވެ.
"އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވެފައިވަނީ ސިވިލް ސާވިސްގެ މުސާރައާ އެކީގައި ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ އާއި ޖުޑިޝަރީގެ މުސާރަ، އެއްކޮށް ޕޭ ހާމަނައިޒޭޝަން މިއަހަރުގެ ތިން ކުއާޓާއަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.
ރައީސް އެ ނިންމެވުން ނިންމަވާފައިވަނީ، އެ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު