ފަހަކަށް އައިސް ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑަރު، ސާޖިއޯ ބުސްކެޓްސް އެމެރިކާ ލީގުގެ ސީޒަނަށްފަހު ފުޓުބޯޅަ ހުއްޓާލައި، ރިޓަޔާކުރުމަށް ނިންމައިފިއެވެ.
ބުސްކެޓްސް ފުޓުބޯޅައަށް ރަސްމީކޮށް ނުކުތީ ބާސެލޯނާގެ މަަގުބޫލު ލަ މަސިއާ އެކަޑެމީންނެވެ. އޭގެފަހުން އޭނާ 18 އަހަރު އެ ކްލަބާއެކު ހޭދަކޮށްފައިވާ އިރު، އޭނާ ސީނިއާ މެޗަކަށް ފުރަތަމަ ނުކުތީ 2008 ވަނަ އަހަރުއެވެ. ބާސާއާއެކު އެތައް ކާމިޔާބީއެއް ހޯދުމަށް ބުސްކެޓްސް އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ކުޅެން ފެށީ 2023 ވަނަ އަހަރުއެވެ.
އޭގެ އިތުރުން ބުސްކެޓްސް ވަނީ ސްޕެއިން ގައުމީ ޓީމާއެކުވެސް 143 މެޗު ކުޅެ ކާމިޔާބީތައް ހޯދައިފައެވެ. އޭގެ ތެރޭގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށްޓާއި، އޭގެ ދެ އަހަރު ފަހުން ސްޕެއިނުން ހޯދި ޔޫރޯ ތަށިވެސް ހިމެނެއެވެ.
އުމުރުން 37 އަހަރުގެ ބުސްކެޓް ބުނީ 20 ވަރަކަށް އަހަރު ފުޓުބޯޅައިގައި ހޭދަކޮށް، ރިޓަޔާކުރުމަށް ނިންމީ އުފާވެރިކަމާއެކުގައި ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ރިޓަޔާކުރަނީ ހުވަފެންތައް ހަގީގަތަކަށް ހަދައިގެން ކަމަށެވެ.
ތާރީހު ދުށް އެންމެ މޮޅު އެއް ޑިފެންސިވް މިޑްފީލްޑަރު ބުސްކެޓްސް ވަނީ ބާސާއަށް 700 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އެ ކްލަބާއެކު އޭނާ ވަނީ ނުވަ ފަހަރަށް ލީގު ހޯދައި، ތިން ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު