ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ފެނަކަ ކޯޕަރޭޝަނަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ 2021-2023ގެ ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މުއްދަތުގައި 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަތީ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންނެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވާދެވެރި ބީލަމަކަށް ހުޅުވާނުލައި، އަދި ސަރުކާރުން އެތެރެކުރާ ބާވަތެއް ކަމަށްވާ އަޑީތެޔޮ ފެނަކައިން އަމިއްލަ ކުންފުންޏެއްގެ އަތުން ގަނެފައިވުމަކީ ނާޖާއިޒު މަންފާ ހޯދުމަށް ކޮށްފައިވާ އަމަލެކެވެ.
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެ މުއްދަތުގައި ފެނަކައިން އަޑީތެޔޮ އެތެރެކޮށް، އެމްޓީސީސީން ގަނެފައިވަނީ 15 މިލިއަން ރުފިޔާގެ އަޑީތެލެވެ. ސްޓެލްކޯއިން އެ މުއްދަތުގައި 45،852 ރުފިޔާގެ އަޑީތެޔޮ ކަމެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި އެ މުއްދަތުގައި ފެނަކައިން ވަނީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއު، ބީލަމުގެ އުސޫލާ ހިލާފަށް އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ބީލަމުގެ އުސޫލާ ހިލާފަށް އެތައް މިލިއަން ރުފިޔާގެ ސްޕެއާވެސް ގަނެފައިވެއެވެ.
އަލީ ޔާމިން
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު
މި ވަގުން އެހެން މީހުނަށް ވަގަށް މި ގޮވަނީ. އެމްޑީޕީގެ ހާލަތު ވަރަށް ސާފު. މި ވައްކަންތައް ފޮރުވަން ވެރިކަން ވައްޓާލުން. މި ގޮވަނީ.
ބަޗީ - 9 މަސް ކުރިން