ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނުނަގައި ހުޅުމާލޭގެ އާންމު މަގުތަކުގައި ހަރުކޮށްފައިވާ ބެނާ އަދި ޕޯސްޓަރުތައް ނަގަން ފަށައިފިއެވެ.
އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެޗްޑީސީގެ ހުއްދަނެތި ބެނާ އަދި ޕޯސްޓަރު ހަރުކުރުމަކީ މަނާކަމެއް ކަމަށާއި އެޗްޑީސީގެ ހުއްދަނެތި އުސޫލުން ބޭރުން ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އިޝްތިހާރުކުރުމަށް ހަރުކޮށްފައިވާ ބެނާ އަދި ޕޯސްޓަރު ފަދަ ތަކެތި ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން އެ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ބެނާ އަދި ޕޯސްޓަރު ހަރުކުރުމަށް ބެނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ހުއްދައަށް އެދުމުން، އޮންނަ އުސޫލުގެ ދަށުން އެ ފުރުސަތު ދެމުންގެންދާނެ ކަމަށެވެ.
އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުންނާއި ވިޔަފާރިތަކުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ހުޅުމާލޭގެ މަގުތަކުގައި ޕޯސްޓަރާއި ބެނާ ހަރުކުރުން މަނާކޮށްފައިވާ އިރު، އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވަން ނިންމާފައިވާ "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގެ އިޝްތިހާރު ބެނާތައް މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ ނަގައިފައެެވެ.
އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ ވަޓްސްއެޕް ގްރޫޕުގައި، އެ ކައުންސިލުން އެމްޑީޕީގެ ސެކްރެޓެރީ ޖެނެރަލް ޝާޒްލީ ޝަފީގަށް މި މަހުގެ 14 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީން ބާއްވަން ނިންމާފައިވާ މުޒާހަރާގެ ބެނާތަކުގެ ސަބަބުން ގިނަ ރައްޔިތުންތަކެއްގެ ފަރާތުން އެ ކައުންސިލަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެހެންކަމުން އެމްޑީޕީން ބެނާ ނުވަތަ ޕޯސްޓަރު ހަރުކުރަން ބޭނުންނަމަ ސިޓީ ކައުންސިލުގެ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށްގެންދިއުމަށް އެދޭ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ