ތިނަދޫ ސިޓީގައި ގެއަކަށް ވަދެ، މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 10:38 ހާއިރު ތިނަދޫގައި މީހަކު ހުއްދަނެތި ގެއަކަށް ވަދެ، އެ ގޭގައި ކުޑަކުދިންތަކެއް ތިއްބައި ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރުދީފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ތިނަދޫ، ފުޓްލައިޓްއާގެ، އާމިނަތު ފޭޒްލީން (49އ) ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރުފަހު 2:32 ހާއިރު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް