ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ފަހަތުން އަރައި، ރެއާލް އޮވިއޭޑޯ ކައިރިން މޮޅުވެއްޖެއެވެ.
މިހާތަނަށް ބާސާއިން ލީގުގައި ކުޅުނު ހަމެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައިވާ އިރު، އެޓީމު އަދި ބަލިވެފައެއް ނުވެއެވެ. ބާސާއިން މިހާތަނަށް ލީގުގައި އެއްވަރުވެފައި އޮތް ހަމައެކަނި މެޗަކީ ރަޔޯ ވަލެކާނޯއާ ދެކޮޅަށް ކުޅުނު މެޗެވެ.
ރޭ ރަށުން ބޭރުގައި ބާސާއިން ރެއާލް އޮވިއޭޑޯ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލު އޮވިއޭޑޯއިން ކާމިޔާބުކުރި އިރު، އެ ގޯލަކީ ބާސާގެ ކީޕަރު ޖޮއާން ގާސިއާ އަތުން ހެދުނު ގޯހަކުން ކާމިޔާބުކުރި ގޯލެކެވެ. އޭރިއާ ތެރެއިން ބޯޅަ ސާފުކޮށްލަން އުޅެނިކޮށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޮވިއޭޑޯއަށް ލީޑު ނަގައިދިނީ އަލްބާޓޯ ރެއިނާއެވެ.
ބާސާއިން މެޗު އެއްވަރުކުރީ ދެވަނަ ހާފުގައެވެ. މެޗުގެ 56 ވަނަ މިނެޓުގައި އެރިކް ގާސިއާ ޖެހި ގޯލުން ބާސާ އެއްވަރުކުރި އިރު، ބާސާއިން މެޗުގައި ލީޑު ނެގީ 70 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ރޮބާޓް ލެވަންޑޯސްކީއެވެ.
އޮވިއޭޑޯން އިތުރު ގޯލަކަށް މަސައްކަތް ކުރި ނަމަވެސް، ބާސާއިން ވަނީ ފަހުކޮޅުގައި ގޯލެއް ޖަހައި ނަތީޖާ ޔަގީން ކޮށްފައެވެ. ބާސާގެ ފަހު ގޯލު ޖެހީ ރޮނާލްޑް އަރައޫހޯއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ