ތ. ކަނޑޫދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލު އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ކަނޑޫދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލު އާ އިމާރާތުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކަނޑޫދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
ކައުންސިލު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެ ރަސްމިއްޔާތުގައި ކަނޑޫދޫ ކައުންސިލުގެ ރައީސް ރީހާން ބައިވެރިވެ ވަޑައިގަތެވެ. އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ.
ޕޮލިސް ސެންޓަރުގެ ބިންގާއަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ. މިނިސްޓަރުގެ އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ބައިވެރިވެ ވަޑައިގަތެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރައްޔިތުންގެ ރައްކާތެރިކަމަށް 2026 ނިމޭއިރު ޕޮލިސް ސްޓޭޝަން ނެތް ކޮންމެ ރަށެއްގައި އެ ސެންޓަރުތައް ގާއިމް ކުރުމެވެ.
ފާތިމަތު ލިއުޝާ
ތ. ކަނޑޫދޫ