އދ. ކުނބުރުދޫ ސިއްހީ މަރުކަޒު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ކުނބުރުދޫ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމްއެވެ.
އެ މަޝްރޫއުގެ އަގަކީ 8.17 މިލިޔަން ރުފިޔާއެވެ. މަސައްކަތް ނިންމަންދީފައިވަނި 300 ދުވަހެވެ.
އެމްޓީސީސީން ބުނީ، 634 މީހުންގެ އާބާދީއެއް ދިރުއުޅޭ ކުނބުރުދޫގައި ކުރިއަށްގެންދަން ނިންމާފައިވާ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 4،600 އަކަފޫޓުގެ ސަރަހައްްދެއްގައި 12 އެނދުގެ އިމާރާތެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ