ފ. ނިލަންދޫގައި ގާއިމުކުރި ކުނި މެނޭޖުކުރާ ސެންޓަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
އެ މަރުކަޒު ހުޅުވާފައިވަނީ ރައީސް ޑރ. މުއިއްޒު ނިލަންދެއަތޮޅު އުތުރުބުރީގެ (ފ. އަތޮޅުގެ) ރަށްރަށަަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަށުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދެމުންދާނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއިންނެވެ.
އެކަމަށްޓަކައި ވެމްކޯއާއި ރަށުގެ ކައުންސިލާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނިލަންދޫގައި ކުނި މެނޭޖުކުރާ ސެންޓަރެއް ހެދުމުގެ މަސައްކަތް ވެހިކަން ބިލްޑާސްއާ ހަވާލުކުރީ 2023 އޭޕްރިލް 13ގައެވެ.
1،500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނިލަންދޫގައި ރަނގަޅު ފެންވަރުގެ ކުނި މެނޭޖުކުރާ ނިޒާމެއް ގާއިމުވެފައި ހުރުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. އޭގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެރަށުގައި ތަރައްގީއަށް ބޭނުންވާ މަޝްރޫއުތަކެއްވެސް ފައްޓަވއިދެއްވި އެވެ.
އޭގެ ތެރޭގައި އެ ރަށުގައި އިމާރާތްކުރަން ހަމަޖެހިފައިވާ ރަށު ކައުންސިލުގެ އާ އިމާރާތާއި ޕޮލިސް ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތާއި ފެނާ ނަރުދަމާގެ އާ ނިޒާމެއް ހިމެނެއެވެ.
ފާތިމަތު ލިއުޝާ
ފ. ނިލަންދޫ
ފ. ނިލަންދޫ
ފ. ނިލަންދޫ
ފ. ނިލަންދޫ