ފ. ނިލަންދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ނިލަންދޫ ޕޮލިސް ސެންޓަރުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
ޕޮލިސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. އެ ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި ނިލަންދޫ ކައުންސިލްގެ ރައީސް އާއި މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ދެ އަހަރުގެތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ހިދުމަތް ފުޅާކުރުމެވެ.
ފާތިމަތު ލިއުޝާ
ފ. ނިލަންދޫ
ފ. ނިލަންދޫ
ފ. ނިލަންދޫ
ފ. ނިލަންދޫ