ފ. ނިލަންދޫގައި ގާއިމުކުރާ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނިލަންދޫގައި ބޭއްވި ރަސްމިއްޔާތުގައެެވެ.
އެ މަސަައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީމް މުހައްމަދު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަދި ނިލަންދޫ ކައުންސިލުގެ ރައީސް އަލީ އަހުމަދު ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނިލަންދޫގައި ގާއިމްކުރަން ނިންމާފައިވާ އާ ނަރުދަމާ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން ކޮންސްޓްރަކްޝަން މިނިސްޓްރީން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ އަގަކީ 69,327,865.84 މިލިޔަން ރުފިޔާ އެވެ. އެ މަޝްރޫއު ނިންމަން ދީފައިވަނީ 540 ދުވަހެވެ.
އެ މަޝްރޫއުގެ މަސައްކަތުގެތެރޭގައި ނަރުދަމާ ހޮޅި އެޅުމާއި ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލްއެއް އެޅުމުގެ އިތުރުން އެކަމާ ގުޅުންހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.
ފާތިމަތު ލިއުޝާ
ފ. ނިލަންދޫ
ފ. ނިލަންދޫ
ފ. ނިލަންދޫ
ފ. ނިލަންދޫ