ފ. ނިލަންދޫގައި އެއާޕޯޓު ތަރައްގީކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
ނިލަންދޫގައި އެއާޕޯޓް ހެދުމުގެ އެއްްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނިލަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ފ. ނިލަންދޫގައި އެއަޕޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.
ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ނިލަންދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު މަޝްރޫއު ނިމޭއިރު 1800 މީޓަރުގެ ރަންވޭއެއް ހެދުމަށް ބޭނުންވާ ބިން ހިއްކައި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އެމްއޭސީއެލްއާ ހަވާލުކުރީ ނިލަންދޫ އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި އެއާޕޯޓް ހިންގުން ކަމަށެވެ.
"އަޅުގަނޑުމެން މިތަނުގައި ދެން މި ސޮއިކުރީ އެއާޕޯޓުގެ މަސައްކަތް. ސިވިލް އިންފްރާސްޓްރަކްޗާ ހުރިހާ މަސައްކަތެއް ކުރުމަށް، އަދި އޮޕަރޭޓުކުރުމަށް. ހުރިހާ ކަމެއް އޭގައި ހިމެނޭގޮތަށް ސޮއިކުރެވުނު މަޝްރޫއު. އެއީ އެއާޕޯޓްސް ކޮމްޕެނީއާ އެކީގައި ސޮއިކުރެވިގެންދިޔަ މަޝްރޫއު." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ނިލަންދޫ އެއާޕޯޓުގެ މަސައްކަތް ނުވަ މަސް ދުވަސް ތެރޭގައި ނިމޭނެ ކަމަށެވެ.
އަލީ ޔާމިން
ފ. ނިލަންދޫ
ފ. ނިލަންދޫ
ފ. ނިލަންދޫ
ފ. ނިލަންދޫ