ފ. ބިލެތްދޫގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ ބިންގާ އަޅައި، އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ފ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިލެތްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގައި ގާއިމުކުރަން ނިންމާފައިވާ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިިނިސްޓަރު އަބުދުالله ރާފިއު އެވެ.
އެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ވޮލީ ކޯޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބުދުﷲ ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުން ނިންމާގޮތަށެވެ. އެ މަސައްކަތުގެ ދަށުން ބައުންޑްރީ ފެންސް ޖެހުމާއި ކޮންކްރީޓުގެ މަސައްކަތާއި ވޮލީކޯޓަށް ބޭނުންވާ އިކުއިޕްމަންޓުތައް ހަރުކުރުން ހިމެނެއެވެ.
1300 މީހުންގެ އާބާދީއެއް އޮންނަ ބިލެތްދޫ ރައްޔިތުންނަށް ވޮލީ ކުޅޭނެ ފެންވަރު ރަނގަޅު ކޯޓެއް އެޅުމަށް ހަވާލުކުރެވުނު އިރު، އެމްޓީސީސީން އަންނަނީ އެކި ސަރަހައްދުގައި ގިނަ އަދަދެއްގެ ކުޅިވަރު މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ފ. ބިލެތްދޫ
ފ. ބިލެތްދޫ
ފ. ބިލެތްދޫ
ފ. ބިލެތްދޫ