ވ. ފުލިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެރަށު ސިއްހީ މަރުކަޒުގެ އަމަލީ މަަސައްކަތް ފަށައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފުލިދުއަށް ވަޑައިގެން އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ފުލިދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އަށެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން 15،650 އަކަފޫޓުގެ ސަރަހަދެއްގައި ސިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތް ބިނާކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކުރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ ކަމަށެވެ.
އަދި އެ މަޝްރޫއުގެ ދަށުން ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖު މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި، އެއާ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން ބުންޏެވެ.
ހެލްތު މިނިސްޓްރީން، އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27 މިލިއަން ރުފިޔާއަށް 360 ދުވަހުން ނިންމާ ގޮތަށެވެ.
މުހައްމަދު އިޝާން
ވ. ފުލިދޫ
ވ. ފުލިދޫ
ވ. ފުލިދޫ
ވ. ފުލިދޫ