ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުގައި ބާސެލޯނާއިން ވެެލެންސިއާ ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.
ބާސާއިން ރޭ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މެޗު 6-0 އިން ކާމިޔާބުކޮށް، އެޓީމުން ވަނީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ގާތަށް ޖެހިލައިފައެވެ. ރެއާލް ހަތަރު މެޗުންވެސް މޮޅުވެ، 12 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ބާސާ ދެވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗު، ބާސާގެ ބީ ޓީމުގެ މެޗުތައް ކުޅޭ، 6،000 މީހުންނަށް ވަދެވޭ ޔޯހަން ކްރައިފް އެރީނާގައި ކުޅެފައި ވަނީ އެޓީމުގެ ރަސްމީ ސްޓޭޑިއަމް ނޯ ކޭމްޕް އަދިވެސް ނުނިމޭތީއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ޖެހި ހަމައެކަނި ގޯލަކީ ފާމިން ލޮޕޭޒް ޖެހި ގޯލެކެވެ. ފެރާން ޓޮރެސް އެސިސްޓް ކޮށްދިން އެ ގޯލާއެކު ބާސާއިން ލީޑު ނަގާފައިވާ އިރު، ދެވަނަ ހާފަށް ނުކުމެ އެޓީމުން ތަފާތު ކުޅުމެއް ދެއްކިއެވެ.
ބާސާއަށް ދެވަނަ ހާފުގައި ގޯލުތައް ޖަހައިދިނީ ރަފީނިއާއާއި ރޮބަޓް ލެވަންޑޯސްކީ އަދި ފާމިން ލޮޕޭޒެވެ. ރަފީނިއާއާއި ލެވަންޑޯސްކީ، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، ރޭގެ މެޗުގައި މާކަސް ރަޝްފޯޑުގެ އެސިސްޓެއް ފެނިގެން ގޮސްފައިވެއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ