އިނގިރޭސި ޕްރިމިއާ ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ޗެލްސީން ރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން އެއްވަރުވެއްޖެއެވެ.
ރޭ ބްރެންޓްފޯޑު ދަނޑުގައި ޗެލްސީން ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޗެލްސީއަށް އެއްވަނައަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
ބްރެންޓްފޯޑަށް ރޭ ލިބުނު ޕޮއިންޓަކީ ހަތަރު މެޗުން އެޓީމަށް ލިބުނު ހަތަރު ވަނަ ޕޮއިންޓެވެ. އެޓީމު މިވަގުތު އޮތީ 12 ވަނައިގައެވެ.
ޗެލްސީން ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި ނަމަވެސް، ކެވިން ޝާޑޭގެ ގޯލުން ބްރެންޓްފޯޑު ލީޑު ނެގިއެވެ. އެ ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވެ، ޗެލްސީން ދެވަނަ ހާފަށް ބަދަލުތައް ކުރިއެވެ. މާކް ކުކުރޭއާއާއި ކޯލް ޕާމާވެސް ކުޅުމަށް ނެރެފައިވާ އިރު، ޕާމާ ވަނީ މެޗު އެއްވަރުވެސް ކޮށްދީފައެވެ.
އޭގެފަހުން ޗެލްސީން ރަނގަޅަށް ކުޅެމުން ގޮސް، އެލެހާންޑްރޯ ގާނާޗޯގެ މަސައްކަތުން ތަނަވަސްކުރި ފުރުސަތެއްގައި ލީޑުވެސް ނެގިއެވެ. 85 ވަނަ މިނެޓުގައި ޗެލްސީގެ ގޯލު ޖެހީ މޮއިސެސް ކައިސޭޑޯއެވެ. އެ ގޯލާއެކު މޮޅުވާން ދަނިކޮށް، އެންމެފަހު މިނެޓުގައި ބްރެންޓްފޯޑުން އެއްވަރުކުރީ ފަބިއޯ ކާވާލިއޯ ޖެހި ގޯލުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު