ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ ކޯޗިން ލެވެލް ތިނެއް ފުރިހަމަކުރި ފުރަތަމަ ދިވެހި އަންހެން ކޯޗުގެ ޝަރަފު، މުނާ މުނީރް (މުންނަ) ހޯދައިފިއެވެ.
ވޮލީގައި ފާހަގަކޮށްލެވޭ މުންނަ ލެވެލް ތިނެއް ފުރިހަމަކޮށްފައި ވަނީ ޖޯޑަންގައި މިމަހު ފަހަކުން 12 އަށް ކުރިއަށްދިޔަ ކޯހުންނެވެ.
މުންނަގެ ޝަރަފުވެރި ކޯޗިން ސެޓްފިކެޓާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފައިވަނީ، އޭނާގެ މަސައްކަތުގެ ސަބަބުން އަރަމުން އަންނަ ކޯޗުންނަށް ހިތްވަރު ލިބޭނެ ކަމަށެވެ. އޭގެ އެ ކާމިޔާބީއާއެކު އެތުލީޓުންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށް ވީއޭއެމްއިން ބުނެފައިވެއެވެ.
އޭގެ އިތުރުން ވީއޭއެމްއިން ބުނީ މުންނަގެ ތަމްރީނުތަކަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ދެއްވި އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.
މުންނައަކީ ފާހަގަކޮށްލެވޭ ކޯޗެކެވެ. އޭނާ ކުރިންވެސް ކޯޗިންގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެންމެފަހުން އޭނާ މަސައްކަތް ކުރީ ޕޮލިސް ކްލަބްގައެވެ. އެއީ މެދުކެނޑުމަކަށްފަހު 2022 ވަނަ އަހަރު ކްލަބު އީގަލްސްއަށް އެނބުރި އައިސް، އޭގެފަހުން ޕޮލިސް ކްލަބާ ހަވާލުވެގެން ކުރި މަސައްކަތުގައެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް