ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، އިރުމަތު އެފްސީން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
އިއްޔެ ހަވީރު އޭދަފުށި ސްޓޭޑިއަމްގައި ކުޅުނު ސެމީ ފުރަތަމަ މެޗުގައި އިރުމަތި އެފްސީން މެޗު ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.
އިއްޔެ ކުޅުނު މެޗުގައި ސީސީ ސްޕޯޓްސް ކްލަބުން އަލީ ފާސިރު (ސެންޓޭ) ވެސް ފުރަތަމަ 11 ގައި ހިމަނައިގެން މެޗަށް ނުކުމެފައިވާ އިރު، މެޗުގެ ކުރީކޮޅުގައި އިރުމަތިން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ޕްރިންސް ބޯޑޫއެވެ.
އެ ގޯލަށްފަހު ރަނގަޅަށް މެޗު ފެށި އިރުމަތި އެފްސީން 20 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖެހިއެވެ. ކައުންޓާ ފުރުސަތެއްގައި ޕްރިން ލާބީ ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ ހަސަން އަޒޫމް އަލީއެވެ.
އިރުމަތި އެފްސީން ދެ ގޯލުގެ ލީޑެއްގައި ހާފު ނިންމާލަން ދަނިކޮށް، ސެންޓޭ ވަނީ ސީސީ ސްޕޯޓްސް ކްލަބަށް ގޯލު ޖަހައިދީ ފަރަގު ކުޑަކޮށްފައެވެ.
އެ ގޯލާއެކު ސީސީން ފަރަގު ކުޑަކުރި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ، ޕްރިންސް ބޯޑޫ ވަނީ އިތުރު ތިން ގޯލު ޖަހައި މެޗުގެ އޮއިވަރު ބަދަލުކޮށްލައިފައެވެ. ފަހުކޮޅުގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން އިރުމައްޗަށް މޮޅަށް ކުޅުނު ބޯޑޫއަށް ރަތް ކާޑު ދައްކާފައިވާ އިރު، ސީސީގެ ފަހު ގޯލު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ސެންޓޭއެވެ.
އޭދަފުށި ކަޕް 2025 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މިއަދު ހަވީރު އެންމެފަހުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް ކްލަބު ނުކުންނާނީ ހުސް ސޮނގުންނާ ދެކޮޅަށެވެ.
އޭދަފުށި ކަޕް
އޭދަފުށި ކަޕް
އޭދަފުށި ކަޕް