ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގެ ގްރޫޕް ސްޓޭޖު ފަހު މެޗުން މޮޅުވެ، ސީސީ ސްޕޯޓްސް ކްލަބުންވެސް ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.

އިއްޔެ ހަވީރު އޭދަފުށި ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ބީގެ ފަހު މެޗުގައި ސީސީ ސްޕޯޓްސް ކްލަބުން ނުކުތީ ޒުވާން ސްކޮޑަކާއެކު މުބާރާތަށް ނުކުތް އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑެމީއާ ދެކޮޅަށެވެ.

މެޗު 4-0 އިން ސީސީ ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުގެ އިބްރާހީމް ޝަރީފް ދެ ގޯލު ޖެހިއެވެ. އޭގެ އިތުރުން ދެން ގޯލުތައް ޖަހައިދިނީ އަހުމަދު ފާތިންއާއި ސަންތިޔާ މަރިޔަތަސް ނިތަރްޝާނެވެ.

އެ ނަތީޖާއާއެކު ސީސީ ސްޕޯޓްސް ކްލަބަށް ދެމެޗުން ތިން ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ ޔަގީންވި އިރު، އެ ގްރޫޕްގެ އެއްވަނައަކީ ހުސް ސޮނގުންނެވެ. ސެމީގެ ފުރަތަމަ މެޗު މާދަމާ އޮންނަ އިރު، އެމެޗުގައި ގްރޫޕް އޭގެ އެއްވަނަ އިރުމަތި އެފްސީ ނުކުންނާނީ ސީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މާދަމާ އަނެއް ދުވަހު އޮންނަ ސެމީގައި ގްރޫޕް ބީގެ އެއްވަނަ ހުސް ސޮނގުން ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.