ކ. ތިލަފުށީގައި ލޮރީއެއްގެ ދަށުވި މީހަކަށް ސީރިއަސް އަނިޔާތަކެއްވެ، ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރީ މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އެ މީހާގެ ގައި މަތިން ލޮރީ ގޮސްފައިވާ މައްސަލައެއް މިއަދު މެންދުރުފަހު 2:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސްރީލަންކާގެ ފިރިހެކަނަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ އިރު، އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ލޮރީ ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ދުއްވި ލޮރީ ވަނީ ޓޯކޮށްފައެވެ.
އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވިގްނެޝް އަނަދުރާއީ 28އ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު