ހުރާ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ 93 ޕަސެންޓު ނިންމައިފި އެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ބުނީ ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ޖެޓީ ތަނބުތައް ބަންދުކުރުމާއި ކޮންކްރީޓް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްގެންދާ ކަމަށެވެ.

ހުރާ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ 1 ޖޫން 2023 ގައެވެ. މިއީ 62.78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހުރާ ބަނދަރު މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 26,453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
  • 40,111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން.
  • ބަނދަރުގެ 5,445 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
  • 86 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން.
  • 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
  • 317 މީޓަރުގެ ބޭރު ރިވެޓްމެންޓުގައި ވެލި ބަރުކޮށްފައިވާ ބޭރުތޮށި ލުން.
  • 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގް ބޯއީސް ހަރުކުރުން.
  • 105 މީޓަރު ދިގު، ހަތަރު މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން.
  • .20 މީޓަރު ދިގު، ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން.
  • ބަނދަރު ބައްތި ހަރުކުރުން.
  • 1,795 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.