އަންނަ އަހަރުގެ ވޯލްޑް ކަޕަށް ދާއިރު، އިންގްލެންޑުން އިހުގެ ބޮޑު ބޯޅަ ކުޅެ، ދިގު އެއްލުންތަކުގައި ބޭނުންކުރަންވެސް ދަސްކުރާނެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
މިހާތަނަށް ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އިންގްލެންޑުން ކުޅުނު ގްރޫޕް ކޭގެ ހަތަރު މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. އެންމެފަހުން އިންގްލެންޑުން ކުޅުނު ކޮލިފިކޭޝަން މެޗުގައި ދުނިޔޭ ރޭންކިންގެ 174 ވަނައިގައި އޮތް އެންޑޯރާ ކައިރިން އެޓީމު މޮޅުވީ 2-0 އިންނެވެ.
އެމެޗުގައި އިންގްލެންޑް ފަރާތުން ތިރިން ޕާސް ޖަހައިގެން ކުޅުނުތަން ފެނުނީ މަދުންނެވެ. އަދި އެންޑޯރާގެ ޑިފެންސް ފޫއަޅުވާލަން އިންގްލެންޑަށް އުނދަގޫތަކަކާ ދިމާވެފައިވާ އިރު، އެ މޮޅަށް ބައެއް ތަޖުރިބާކާރުން ވަނީ ފާޑު ކިޔައިފައެވެ.
އެ ފާޑުކިޔުންތަނަށް ރައްދު ދެމުން ޓުޗެލް ބުނީ "ދިގު އެއްލުމާއި، ކުރީގެ ކުރި ކަންތައްތައްވެސް،" ޓީމަށް ބޭނުންވާނެ ކަމަށާއި، އެކަމަށް އަދި ވަގުތު ނުލިބޭ ކަމަށެވެ.
"އަހަރެމެން ވޯލްޑް ކަޕާ ހަމައަށްދާއިރު، އިހުގައި ޖެހި ބޮޑު ބޯޅަ ސްޓައިލްގެ ކުޅުމާއި ދިގު އެއްލުންވެސް ބޭނުންކޮށް، ކުރީ ޒަމާނުގެ ސްޓައިލްތަކަށްވެސް އަޖަސްޓްވާން ޖެހޭނެ. ކީޕަރު ފަހަތުން ބޮޑު ބޯޅަވެސް ލާން ޖެހޭނެ. ހަމައެކަނި ކުދި ޕާސް ކުޅެގެން ކާމިޔާބެއް ނުވާނެ،" ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ ތަމްރިނުތަކުގައި އަދި އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި، ވަގުތު ލިބުނު ވަރަކުން އެކަންކަމަށް ވިސްނުން ގެންގުޅޭނެ ކަމަށެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް