ކެންސަރު ބަލިން ރަނގަޅުވުމަށްފަހު ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެކަނި ތަހައްމަލުކުރަން ނުޖެހޭނެ ކަމަށް އިނގިރޭސިވިލާތުގެ ޕްރިންސެސް އޮފް ވޭލްސް، ކޭޓް މިޑްލްޓަން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކެންސަރުގެ ތަޖުރިބާއާއި ފަރުވާއަށްފަހު ދިރިއުޅުން ބައްޓަން ކުރާ ގޮތުގެ މައްޗަށް ބީބީސީން ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީގެ ޓްރޭއިލާގައެވެ.
މި ޑޮކިއުމެންޓްރީގައި ކޭޓް ވިދާޅުވީ ކެންސަރު ބަލީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށާއި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށެވެ. ބަލިން ރަނގަޅުވުމުގެ މަރުހަލާއަކީ ދިގު ދަތުރެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އިންސާނުންނަށް ކުރިމަތިވާ ތަދާއި ތަކުލީފުތަކުގެ ތެރެއިން އިތުރު އުއްމީދުތަކެއް ލިބިގެންދާ ކަމަށްވެސް ކޭޓް ވިދާޅުވިއެވެ. ކޭޓް ވަނީ ބަލި ތަހައްމަލުކުރާ އެހެން މީހުންނަށް ހިތްވަރު ދެއްވައި، އެހީތެރިކަން ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މި ޑޮކިއުމެންޓްރީގައި ކޭޓް އިނގިރޭސިވިލާތުގެ އެންމެ އުސް ފަރުބަދަތަކަށް އަރުއްވައި، ޗެރިޓީއަށް ފައިސާ ހޯއްދެވުމަށް ކުރެއްވި މަސައްކަތްތައްވެސް ހިމެނެއެވެ.
އެކަމަނާ ވަނީ 2024 ވަނަ އަހަރު ކެންސަރަށް ފަރުވާ ހޯއްދެވުމަށްފަހު، 2025 ވަނަ އަހަރުގެ ކުރީކޮޅު ބަލިން ފަސޭހަވެފައިވާކަން އާންމުކުރައްވައިފައެވެ.
ކޮމެންޓް