މި ރާއްޖޭގައި މިއަދު ކަންބޮޑުނުވާ އެކަކުވެސް ނެތް ކަމަށާއި އެންމެން ދަރާ ވިކެމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ ޕާޓީގެ އެޑްވައިޒަރުގެ މަގާމު އަދާކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މައްސަލަތަކަށް ސަރުކާރަށް ޖަވާބުދާރީނުވެވޭ ކަމަށާއި ދުނިޔޭގައި ތަކެތީގެ އަގު މައްޗަށް ނުދިޔަ ނަމަވެސް، ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
"މި ސަރުކާރަށް ގާތްގަނޑަކަށް އެއް އަހަރާއި ދިހަ މަސް ދުވަސްވީ އިރުގައި، މި ރާއްޖޭގައި ކަންބޮޑުނުވާ އެކަކު ވެސް ނެތް، އެއްވެސް ދާއިރާއެއް ނެތް. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ، ކަރަންޓުގެ އަގު އަތްނުފޯރާ ހިސާބަށް ހިނގައްޖެ. އާއިލާއެއްގައި ބުރަކޮށް ދެމީހުން ރެޔާއި ދުވާލު މަސައްކަތްކޮށްގެން ގޭތެރޭގެ ހަރަދުތަކެއް ނުބެލެހެއްޓޭ، ދަރާ ވިކެނީ،" ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ މިއަދު އެންމެ ބިރުވެރި އެއް ކަމަކީ ނޫސްވެރިކަން ނައްތާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅޭ މީޑިއާ ކޮމިޝަންގެ ބިލު ކަމަށާއި އޭގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް މުޅި ނޫސްވެރިކަން ގެނައުން ކަމަށެވެ. އަދި އެ ބިލުގެ ބޭނުމަކީ ވަކިވަކި ނޫސްވެރިންނަށް ބޭނުން ވަގުތެއްގައި ބިރުވެރި، ނުރައްކާތެރި ފިޔަވަޅު އެޅުމުގެ ފުރުސަތު ހޯދުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ޖުމުލަކޮށް ހުރިހާ ނޫސް މީޑިއާއަކަށް ފިޔަވަޅު އެޅުމުގެ ބާރު، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ނެންގެވުން. ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގައި އޮތް އެންމެ މިނިވަން ބާރު. އަމިއްލަ ފަރުދުން ވަކި ބައެއްގެ ނުފޫޒެއް ނެތި އަމިއްލައަށް ނުކުމެ ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ ބައެއް. މިއަދު އެ މަސައްކަތްކުރައްވަނީ ނޫސްވެރިކަން މަރާލަން. ބައެއް ބޭފުޅުން އެބަ މަރާލަންވީ ގޮތްވެސް ސާފުކޮށް ހާމަކުރޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މީޑިއާ ކޮމިޝަންގެ ބިލު އަނބުރާ ގެންދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިލްތިމާސްކުރައްވާ ކަމަށާއި އެ ބިލު އިސްލާހުކޮށްގެން ބޭނުން ހިފޭނެ އެންމެ ތަންކޮޅެއް ވެސް ނެތް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މިރާއްޖެ ދަރުވާލި މީހުން ތިވާހަކަ ދެއްކީމާ ތިވަނީ ބޮޑު ޖޯކަކަށް
ބޯހަލާކު - 10 މަސް ކުރިން