ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ ކައިރިން އެއްވަރުވެއްޖެއެވެ.
ބާސާއިން މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާ އިރު، ރޭގެ މެޗުން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ކުޅުނު މެޗަށް ތައްޔާރުވި އިރު، އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ވީއޭއާރް ސިސްޓަމުގެ ވާހަކައެވެ.
މެޗުގެ ކުރީން ރެފްރީ ޗެކްކުރި ވަގުތު، ވަޔެކާނޯ ދަނޑުގެ ވީއޭއާރް ސިސްޓަމް މައްސަލަ ޖެހިފައި ހުރުމުން، އެކަން ދެ ޓީމަށްވެސް ރެފްރީ ވަނީ އަންގައިފައެވެ. ދެ ޓީމުންވެސް މެޗަށް ނުކުތީ އެ މައްސަލައިގައި ވީއޭއާރް ނުބެލުނަސް ހެޔޮ ކަމަށް އެއްބަސްވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލެމީން ޔަމާލް، ޕެނަލްޓީއެއްގައި ބާސާއަށް ލީޑު ނަގައިދިން ނަމަވެސް، ދެވަނަ ހާފަށް ނުކުމެ، ވަޔެކާނޯއިން އެއްވަރުކުރިއެވެ. ވަޔެކާނޯއަށް އެއްވަރުކުރި ގޯލު ޖަހައިދިނީ ބަދަލަކަށް ނުކުތް ފްރާން ޕްރޭޒެެވެ.
މެޗުގެ ފަހުކޮޅުގައި ބާސާގެ އޭރިއާ ތެރެއިން ޔަމާލް، ޕެޕް ޗަވާރިއާއަށް ފައުލެއް ކުރި ކަމަށް ވަޔެކާނޯއިން ވަރަށް ބޮޑަށް ޝަކުވާ ކުރި ނަމަވެސް، ރެފްރީ އެ ކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ވީއޭއާރް ސިސްޓަމް މައްސަލަ ޖެހިފައި ހުރުމުން، އެ ސިސްޓަމުގެ ބޭނުން ނުކުރެވި، ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ނުރުހުންވެސް ފާޅު ކޮށްފައެވެ.
މެޗުގެ ފަހު މިނެޓުގައި ދެޓީމަށްވެސް ފުރުސަތުތައް ލިބި ބޭކާރުވެފައިވާ އިރު، ރޭގެ ނަތީޖާއާއެކު ބާސާ އޮތީ ހަތަރުވަނައިގައެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ.
މުޙައްމަދު ޝަމްޢޫން
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ