ފުރަތަމަ ޑިވިޝަން ދޫކޮށްލުމުން އަދަބެއްގެ ގޮތުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްފިއެވެ.

ސަސްއިން ފުރަތަމަ ޑިވިޝަނަށް ވަކިވާން ނިންމާފައި ވަނީމާލީ ހާލަތު ހުރި ގޮތުން ކަމަށް، އެކްލަބުގެ ބޯޑުން ބުނެފައިވެއެވެ.

ސަސް މިހާތަނަށް ފަސް އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައިވެއެވެ. އެ ކްލަބު 2026 ވަނަ އަހަރާއި 2017، 2018 ވަނަ އަހަރު ތިންވަނަ ޑިވިޝަނުގައި ވާދަކޮށްފައިވާ އިރު، 2018 ވަނަ އަހަރު ތިންވަނަ ޑިވިޝަނުގެ ރަނަރަޕް ކަމާއެކު ދެވަނަ ޑިވިޝަނަށް ނުކުތެވެ. ސަސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ 2020 ވަނަ އަހަރުއެވެ.

ސަސް ފުރަތަމަ ޑިވިޝަނުން ވަކިވުމާއެކު މިހާރު އެފްއޭއެމްއިން ނިންމާފައި ވަނީ ނިއު ރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކުރުމަށެވެ.

ސަސްއާ މެދު ފިޔަވަޅައި، އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނީ އެ ކްލަބުގެ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެފްއޭއެމްގެ އެކްސްކޯއަށް ލިބިދޭ ބާރުގެ ދަށުން މާލޭ ލީގު ކޮލިފިކޭޝަން (ތިންވަނަ ޑިވިޝަން) އަށް އެކްލަބު ރެލިގޭޓް ކޮށްފައިވާ ކަމަށެވެ.

ސަސް ފުރަތަމަ ޑިވިޝަން ދޫކޮށްލުމާއި، ނިއު އަނބުރާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކުރުމުގައި ބައެއް "ޑީލްތައް" ހިނގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާ އިރު، އެކަމަށް ނިއުގެ ޗެއާމަން އަހުމަދު މުބީން ވަނީ ރައްދު ދެއްވާފައެވެ.