މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ އާޖެންޓީނާގެ ވިންގް އެލެހާންޑްރޯ ގާނާޗޯ، ޗެލްސީއަށް ބަދަލުވާން އެއްބަސްވުމަކަށް އައިސްފައި ވާކަމަށް ނޫސްތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނެފައި ވަނީ އުމުރުން 21 އަހަރުގެ ގާނާޗޯ ގެންދަން ޗެލްސީއާއި ޔުނައިޓެޑުން އެއްބަސްވި އަގަކީ 40 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެގަކީ މިހާތަނަށް ޔުނައިޓެޑުން ކުޅުންތެރިޔަކު ވިއްކާލި އެންމެ ބޮޑު އެއް އަގެވެ.
މީގެ ކުރިން ގާނާޗޯއަށްވުރެ އަގުބޮޑުކޮށް ޔުނައިޓެޑުން ވިއްކާލާފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ރޮމެލޫ ލުކާކޫ އަދި އެންހޭލް ޑި މަރިއާއެވެ.
ގާނާޗޯ މިހާތަނަށް ޔުނައިޓެޑަށް ލީގުގައި 93 މެޗު ކުޅެފައިވާ އިރު، އޭނާއަކީ އާ ކޯޗު ރިބެން އަމޯރިމްގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއް ނޫނެވެ. ޔުނައިޓެޑް ދޫކޮށްލަން ބޭނުންވެ، މާކުރިން އިއުލާނުކުރި ކުޅުންތެރިންގެ ތެރޭގައި ގާނާޗޯ ހިމެނޭ އިރު، އެ ކުޅުންތެރިންގެ ތެރޭގައި ޖޯޑަން ސަންޗޯއާއި ޓައިރެލް މަލާޝިއާ އަދިވެސް ދަނީ ޓްރާންސްފާއަކަށް މަސައްކަތް ކުރަމުންނެވެ.
އާ ކޯޗު އަމޯރިމްއާއެކު މިހާތަނަށް މި ސީޒަނުގައި ޔުނައިޓެޑުން ކުޅުނު ތިން މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. ލީގު ދެމެޗުން ބަލިވުމުގެ އިތުރުން ލީގު ކަޕްގައި ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ އަތުންވެސް ޔުނައިޓެޑް ބަލިވެފައިވާ އިރު، އެ ތިން މެޗުގެ ސްކޮޑުގައިވެސް ގާނާޗޯ ހިމެނިފައެއް ނުވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް