ސްރީ ލަންކާއާ ދެކޮޅަށް އެގައުމުގައި ކުޅޭ ދެމެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ފައިސަލްވެސް ހިމަނައިފިއެވެ.

ސްރީ ލަންކާގައި ރާއްޖެއިން އަންނަ މަހު ކުޅޭ އެކުވެރިކަމުގެ ދެމެޗަކީ އެގައުމުން ރޭވި ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ދެމެޗެވެ. އެ މުބާރާތް ކުރިން ބާއްވަން އުޅުނީ ހަތަރު ގައުމު ނޫނީ ތިން ގައުމުގެ ދެމެދުގައި ނަމަވެސް، ދައުވަތު ގަބޫލުކުރީ ރާއްޖެއިންނެވެ. އެހެންކަމުން މިހާރު ކުޅޭނީ ދެމެޗެކެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެއިން މެޗުތައް ކުޅޭނީ އަންނަ މަހު ހައެއް އަދި ނުވައެއްގައެވެ.

އެމެޗަށް މިއަދު ވަނީ 26 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އިއުލާނުކޮށްފައެވެ. ގައުމީ ޓީމުގެ ކޯޗަކަށް ދާދިފަހުން މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސާފައިވާ އިރު، މޯހަން ނެގި ސްކޮޑުން އުމުރުން 37 އަހަރުގެ ފައިސަލަށް ޖާގަ ދީފައިވާ އިރު، އޭނާ ގައުމީ ޓީމަށް މި ނުކުންނަނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހުއެވެ.

ފައިނަލްގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ކުޅުމާ ދުރަށް ދާން ޖެހުނީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާ ދިމާކޮށެވެ. އެ އަނިޔާއިން ރިކަވާވުމަށް ފައިސަލް މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިވަގުތު އޭނާ ދަނީ ބުރު ސްޕޯޓްސް ކްލަބާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ފައިސަލް ސްކޮޑަށް ނަގާފައި ވަނީ ސާފް ޗެމްޕިއަންޝިޕް ފަހުން ގައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުސައިން ޝަރީފް މިވަގުތު އަނިޔާގައި ހުރުމާވެސް އެކުގައެވެ.

މިފަހަރު ޕްރިލިމިނަރީ ސްކޮޑުގައި ޒުވާން ކުޅުންތެރިޔާ، 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު، ހަސަން ރާއިދުއަށްވެސް ފުރުސަތު ދީފައިވެއެވެ. އޭގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އަހުޒަމް ރަޝީދަށްވެސް ޕްރިލިމިނަރީ ސްކޮޑުން ޖާގަ ދީފައިވެއެވެ. އޭގެ އިތުރުން މާޒިޔާއަށް ކުޅޭ އުމުރުން 16 އަހަރުގެ މުހައްމަދު އިލާން އިމްރާނަށް މިފަހަރުވެސް ގައުމީ ސްކޮޑުން ޖާގަ ދީފައިވެއެވެ.

ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ގައުމީ ސްކޮޑު

  • މުހައްމަދު ފައިސަލް (ކީޕަރު) / ބުރު ސްޕޯޓްސް ކްލަބު
  • ސަމޫހު އަލީ (ސަމުއްޓެ) / މާޒިޔާ
  • ހުސައިން ޝިފާއު ޔޫސުފް (ކްރޯ) / މާޒިޔާ
  • މުހައްމަދު އިރުފާން
  • އިބްރާހީމް އައިސަމް / މާޒިޔާ
  • ނާއިޒް ހަސަން (ދާދު) / މާޒިޔާ
  • ހަމްޒާ މުހައްމަދު (ހަމްޕު) / މާޒިޔާ
  • ހަސަން ރާއިފް އަހުމަދު (ހަންނަ) / މާޒިޔާ
  • ހައިޝަމް ހަސަން (ބިޑި) / މާޒިޔާ
  • އަލީ ފާސިރު (ސެންޓޭ)
  • އަހުމަދު އައިހަމް / މާޒިޔާ
  • ހަސަން ނަޒީމް (ޗޯޓު)/ މާޒިޔާ
  • އިޔާން އަބްދުލް އަލީމް (ކީޕަރު) / މާޒިޔާ
  • ހަސަން ޝިފާޒް / މާޒިޔާ
  • އިބްރާހީމް އުސާމާ ހަސަން މަޖީދު / ބުރު ސްޕޯޓްސް ކްލަބު
  • ހަސަން އީނާޒް / ޓީސީ ސްޕޯޓްސް ކްލަބު
  • އިބްރާހީމް މަހުދީ ހުސައިން / ކްލަބު އީގަލްސް
  • ހުސައިން ނިހާން (ނިހާޓް) / އޮޑި ސްޕޯޓްސް ކްލަބު
  • މުހައްމަދު ނާއިމް / ބުރު ސްޕޯޓްސް ކްލަބު
  • އަހުމަދު ރިޒުވާން (ރިޒޭ) / ކްލަބު އީގަލްސް
  • އަހުމަދު އައިހަމް (އައިހު) / އޮޑި ސްޕޯޓްސް ކްލަބު
  • ހިޝާމް ސަލީމް(ކޮކީ) / ކްލަބު އީގަލްސް
  • މުހައްމަދު ޔާމީން (ކީޕަރު) / ވިކްޓްރީ ސްޕޯޓްސް ކްލަބު
  • އަހްޒަމް ރަޝީދު / އޮޑި ސްޕޯޓްސް ކްލަބު
  • ހަސަން ރާއިދު