ހދ. ނޭކުރެންދޫ އާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނޭކުރެންދޫ އާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނޭކުރެންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
އެ މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްކުގެ ޖާގަ އިތުރު ކުރާނެއެެވެ.
ސިއްހީ މަރުކަޒު ތަރައްގީކޮށް ނިމޭއިރު ފެންވަރު ރަނގަޅު ލެބޯޓަރީއެއްވެސް ގާއިމުކުރެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިއަހަރާއި މިއަންނަ އަހަރު ސަރުކާރުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މުހައްމަދު އިޝާން
ހދ. ނޭކުރެންދޫ
ހދ. ނޭކުރެންދޫ
ހދ. ނޭކުރެންދޫ
ހދ. ނޭކުރެންދޫ