މި ޓްރާންސްފާ ވިންޑޯގައި ކުޅުންތެރިން ވިއްކައިގެން ޗެލްސީން 270 މިލިއަން ޕައުންޑް ހޯދައިފިއެވެ.
ޗެލްސީން މި ހިނގާ ޓްރާންސްފާ ވިންޑޯގައިވެސް ހަރަކާތްތެރިކޮށް ފެންނަމުންދާ އިރު، މިހާތަނަށް އެ ކްލަބުން ހަރަދުކުރީ 277 މިލިއަން ޕައުންޑެވެ. މިހާތަނަށް ކުޅުންތެރިން ވިއްކައިގެން އެޓީމަށް 273.4 މިލިއަން ޕައުންޑް ލިބިފައިވާ އިރު، އެޓީމުން އިއްޔެވެސް ވަނީ ޑޯޓްމުންޑަށް ކާނޭ ޗުކްވުއެމޭކޭއާއި އަންސެލްމީނޯ ވިއްކާލަން އެއްބަސްވެފައެވެ.
އޭގެ އިތުރުންވެސް ޗެލްސީން ބައެއް ކުޅުންތެރިން ވިއްކަން މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އެގޮތުން ފޯވަޑް ކްރިސްޓޮފާ އެންކުންކޫއާއި ނިކޮލަސް ޖެކްސަންވެސް ވިއްކާލަން މަޝްވަރާކުރަމުންދާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ރަހީމް ސްޓާލިންނާއި ބެން ޗިލްވެލް އަދި އެކްސެލް ޑިސާސީއަކީވެސް ޗެލްސީން ބޭރުކުރަން ބޭނުންވާ ކުޅުންތެރިން ކަމަށް ނޫސްތައް ބުނެއެވެ.
ޗެލްސީން މިހާތަނަށް ގިނަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ކްލަބު ވޯލްޑް ކަޕުގެ ތެރެއިން ގެންދިޔަ ލިއަމް ޑެލެޕާއި ޖުއާއޯ ޕެޑްރޯ ހިމެނެއެވެ.
ޗެލްސީގެ ޑިފެންސަށް އަނިޔާގެ ބައެއް މައްސަލަތަކާވެސް ކުރިމަތިވެފައިވާ އިރު، ނޫސްތަކުން ބުނީ އެ ކްލަބުން ސެންޓަ ބެކަކަށްވެސް ބަލަމުންދާ ކަމަށެވެ. އެގޮތުން ނިކްލަސް ސޫލޭއާއި އެމްރޭ ކޭން އަދި ނިކޯ ޝޮލްޓާބެކަކީވެސް ޗެލްސީގެ ރާޑަރުގައި ތިބި ކުޅުންތެރިން ކަމަށް ނޫސްތައް ބުނެއެވެ.
އޭގެ އިތުރުން އެލެހާންޑްރޯ ގާނާޗޯއާއި ޒަވީ ސިމޮންސްއަށްވެސް ޗެލްސީން ބަލަމުންދާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެ ކްލަބަށް މި ޓްރާންސްފާ ވިންޑޯގައި ފައިދާ ހަދަން އޮތީ މަޖުބޫރުވެފައެވެ.
ޔޫއެފާއިން ޗެލްސީއަށް އަންގާފައި ވަނީ އަލަށް ގެންދާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް މި ޓްރާންސްފާ ވިންޑޯގައި ފައިދާ ހޯދަން މަޖުބޫރު ކަމަށެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ