ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މާބަނޑު އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިއީ ނެދަލެންޑްގެ މީހެކެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ ލަގެޖް ފޮށިން ފަސް ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އޭނާއަކީ މާބަނޑު މީހަކަށްވާތީ، ބަލި ހާލަށް ބަލައި އޭނާގެ ތަހުގީގު އަވަސްކޮށްދިނުމަށް ވަކީލު ވަނީ އެދިފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތެއް ޖަހައި، މާބަނޑު މީހަކަށްވާތީ އޭނާގެ ކަންކަން ގާތުން ބެލުމަށް ކޯޓުން ވަނީ އަންގައިފައެވެ.