ލިވަޕޫލުން ނިއުކާސަލްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އެލެކްސެންޑާ އިސާކްގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުންޏެވެ.
ނިއުކާސަލްގެ ސްވިޑެން ފޯވަޑް އިސާކާއި އެ ކްލަބާ ދެމެދު ވަނީ މައްސަލަ ގޯސްވެފައެވެ. އިސާކް ކްލަބު ދޫކޮށްލަން ބޭނުންވެ، އެކަމަށް ނިއުކާސަލްއިން އަދި ފުރުސަތު ދީފައި ނުވާ އިރު، އިސާކް ބުނީ ކްލަބުން ވައުދާ ހިލާފުވި ކަމަށެވެ. އެހެން ނަމަވެސް، އެކަމުގައި ނިއުކާސަލްއިން ބުނީ، އިސާކް ދޫކޮށްލެވޭނެ ކަހަލަ ހާލަތެއް އަދި ދިމާނުވާ ކަމަށެވެ.
އިސާކް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދާ ކްލަބަކީ ލިވަޕޫލެވެ. އެ ކްލަބުން މިހާތަނަށް 110 މިލިއަން ޕައުންޑްގެ ބިޑެއް ކޮށް، އެބިޑަށް ނިއުކާސަލްއިން ވަނީ ނޫނެކޭ ބުނެފައެވެ. ހަބަރުތައް ބުނާ ގޮތުގައި ނިއުކާސަލްއިން ބޭނުން ވަނީ 130 މިލިއަން ޕައުންޑުގެ އަގެކެވެ.
"އަހަންނަކަށް އިސާކާ ގުޅޭ ވާހަކައެއް ނުދެއްކޭނެ. އަހަންނަށް މާ ރަނގަޅު މި ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ވާހަކަ ދައްކަން. އެއީ އެންމެ ރަނގަޅު ގޮތަކީ އަސްލު ހަގީގަތުގައި،" ސްލޮޓް ބުންޏެވެ.
ނިއުކާސަލްއާއި ލިވަޕޫލް ކުޅެން އޮތް މެޗަށް އިސާކް ނުކުންނާނެ ކަމަކަށް ނުބެލެވެއެވެ. އެންމެފަހުން ނިއުކާސަލްއިން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އިސާކް ފެނިގެން ގޮސްފައި ނުވާ އިރު، އިސާކް ތަމްރީނުތައް ފުރިހަަމަ ކުރަމުން ދަނީވެސް ޓީމާ ވަކިންނެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް