ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާ އިންސާނީ ހަނގުރާމައިގެ ސަބަބުން، އެގައުމު ފުޓުބޯޅައިން ބޭރުކުރަން ޖެހޭ ކަމަށް އިޓަލީގެ ފުޓުބޯޅަ ކޯޗުންގެ އެސޯސިއޭޝަން (އޭއައިއޭސީ) އިން ގޮވާލައިފިއެވެ.
އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި އެތައް ކުޅިވަރު އެތުލީޓުންނެއް މިހާތަނަށް ޝަހީދުވެފައިވެއެވެ. އެގޮތުން ތަފާސްހިސާބުތައް ދައްކާ ގޮތުން މިފަހުން އޮކްޓޯބަރު 2023 އިން ފެށިގެން މިއަދާ ހަމައަށްވެސް ފަލަސްތީނުގެ 662 އެތުލީޓެއް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ.
އޭގެ ތެރެއިން 321 ޝަހީދުން ނިސްބަތްވަނީ ފުޓުބޯޅަ އާއިލާއަށް ކަމަށްވެސް ނޫސްތައް ބުނެއެވެ. ދާދިފަހުން އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޕެލޭގެ ނަމުން މަޝްހޫރުވެފައިވާ ސުލައިމަން އަލް-އޮބައިދުވެސް ޝަހީދުވެފައިވެއެވެ.
އޮބައިދު ޝަހީދުވުމާ ގުޅިގެން ޔޫއެފާއިން ކުރި ތައުޒިޔާ ޕޯސްޓަށް ލިވަޕޫލްގެ މިސްރު ތަރި މުހައްމަދު ސަލާހް، ވަރުގަދަ ސުވާލެއް އުފައްދައިފައިވާ އިރު، އެކަމަށް މީޑިއާގެ ސަމާލުކަންވެސް ބޮޑުވެފައިވެއެވެ.
އިޒްރޭލް ފުޓުބޯޅައިން ދުރުކުރަން ޖެހޭ ކަމަށް ބުނެ ފަލަސްތީނުން މީގެ ކުރިންވެސް ފީފާއަށް ހުށަހަޅާފައިވާ އިރު، އެކަމަށް ފީފާގެ ސަމާލުކަން ކުޑައެވެ. އިޒްރޭލުން އިޓަލީއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއް ކުޅެން ތައްޔާރުވެފައި އޮތް އިރު، އެމެޗުގެ ކުރިން އިޒްރޭލް ފުޓުބޯޅައިން ބޭރުކުރަން އޭއައިއޭސީން ގޮވާލާފައިވެއެވެ.
"އިޒްރޭލް ހުއްޓުވާލަން ޖެހޭ. އެކަމަށް ފުޓުބޯޅައިންވެސް ފިޔަވަޅު އަޅަން ޖެހޭ،" އޭއައިއޭސީން ބުންޏެވެ.
އިޒްރޭލް ފުޓުބޯޅައިން ބޭރުކުރުމަށް ޔޫއެފާއާއި ފީފާއަށްވެސް ހުށަހަޅަން އެދި، އޭއައިއޭސީން ވަނީ އިޓަލީގެ ފުޓުބޯޅަ ފެޑަރޭޝަނަށް ސިޓީއެއް ފޮނުވާފައެވެ.
އޭއައިއޭސީން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެގައުމު ފުޓުބޯޅައިގައި ދެމި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް އިޒްރޭލުގެ އެތައް ހަމަލާތަކެއްގައި ކުޅުންތެރިންނާއި، ޒުވާނުންގެ އިތުރުން ކޯޗުންވެސް ޝަހީދުވަމުންދާ ދިޔުމަށް ބޮޑެތި އިދާރާތަކުން ބީރު ކަންފަތެއް ދެމުންދާ ކަމަށް އޭއައިއޭސީން ބުންޏެވެ.
އިޓަލީއާއި އިޒްރޭލު ކުރިމަތިލާ މެޗު ކުޅެން ހަމަޖެހިފައި ވަނީ ނިއުޓްރަލް ދަނޑެއްގައެވެ. އެއީ ހަންގޭރީގެ ޑެބްރެކޭންގައެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު