އިނގިރޭސި ކްލަބު އާސެނަލަށް ކުޅެމުންދާ ޖަރުމަނުގެ ފޯވަޑް ކައި ހަވާޓްސްގެ ކަކުލަށް އަނިޔާވެ، އޭނާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ ކަމަށް ނޫސްތައް ބުނެފިއެވެ.
އުމުރުން 26 އަހަރުގެ ހަވާޓްސްގެ ކަކުލަށް އަނިޔާ ލިބިފައި ވަނީ އާސެނަލުން އެމިރޭޓްސް ދަނޑުގައި ސަޕޯޓަރުންނާއެކު ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގެ ތެރެއިންނެވެ. އެއީ އިއްޔެއެވެ.
ހަވާޓްސްގެ އަނިޔާގެ ކުޑަ ބޮޑު މިނެއް އަދި ކްލަބުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ނޫސްތަކުން ބުނެފައި ވަނީ ހަވާޓްސްގެ އަނިޔާ ސީރިއަސް ކަމަށާއި، އާސެނަލުން އޭނާގެ ބަދަލަކަށް ޓްރާޏްސްފާ މާކެޓްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހަވާޓްސްއަށް އަނިޔާވިތާ މާ ގިނައިރެއް ނުވެ، އާސެނަލުން ވަނީ ކްރިސްޓަލް ޕެލެސްގެ އެބެރެޗީ އެޒޭ ގެންދަން އެއްބަސްވުމަކަށް ގޮސްފައެވެ. އެއީ ޓޮޓެންހަމްއިން އޭނާ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް، އެ ބިޑް ހައިޖެކް ކޮށްގެންނެވެ.
ހަވާޓްސް މި ސީޒަނުގެ ފެށުމަށް އެނބުރި އައިސްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހުއެވެ. އެއީ ފަލަމަސްގަނޑުގެ އަނިޔާއެއްގައެވެ. އޭނާއަށް މިއަހަރު ފެބްރުއަރީ މަހު އަނިޔާވެފައިވާ އިރު، އެނބުރި ކުޅުމަށް ނުކުތީ މޭ މަހުއެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް