ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަހަރު ކުރިއަށްދާ އަލިމަސް ޔޫބީލް ހަރަކާތްތަކަށް ކޮންމެ ރަށަކުންވެސް ފުޓުބޯޅަ ޝަހުސިއްޔަތެއް ހޯދަން ނިންމާފައިވާ ކަމަށް "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ޗެއާމަން، ގައުމީ ޓީމުގެ ކުރީ ކޯޗު އަލީ ސުޒޭން ވިދާޅުވެއްޖެއެވެ.
އަލިމަސް ޔޫބީލް އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް އެފްއޭއެމްއިން ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ އިރު، އެ ކޮމިޓީގެ ޗެއާމަނަކީ ސުޒޭނެއެވެ. ދެން އެކޮމިޓީގައި ހިމެނެނީ، ނިއު ރޭޑިއަންޓްގެ ޗެއާމަން އަހުމަދު މުބީނާއި ކްލަބް ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދެވެ.
ރޭ އެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ސުޒޭން ވިދާޅުވީ، ކޮމިޓީއަށް އޮތް ޒިންމާއަކީ މުޅި ރާއްޖެ ޝާމިލުވާނެހެން، އެންމެ ބައިވެރިކުރެވޭނެ ގޮތަކަށް އަލިމަސް ޔޫބީލް ފާހަގަކުރުން ކަމަށެވެ.
"އަޅުގަނޑުމެން، ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެވެސް ފުޓުބޯޅަ ޝަހުސިްޔަތު ހޯދާނަން އިރާދަކުރެއްވިއްޔާ. އެކަން ކުރާނީ ރަށު ކައުންސިލާއި ޖަމިއްޔާތައް އެކުވެގެން. އެކަމަށް އަޅުގަނޑުމެން ކްރައިޓީރިއާއެއް ހަދާނަން. 75 އަހަރު ފުރިގެން އަޅުގަނޑުމެން ކޮންމެ ރަށެއްގެވެސް ފުޓުބޯޅަ ޝަހުސިއްޔަތު ހޯދައިގެން، މި ބަލަނީ މުޅި ރާއްޖެ މިކަމުގައި ޝާމިލުކުރަން،" ރޭ ގައުމީ ދަނޑުގެ ވީއައިޕީ ރޫމްގައި ބޭއްވި ޕްރެސްގައި ސުޒޭން ވިދާޅުވިއެވެ.
ސުޒޭން އިތުރަށް ވިދާޅުވީ ފުޓުބޯޅަ ޝަހުސިއްޔަތު ހޮވުމަކީ ވާދަވެރިވާނެވެސް ކަމެއް ކަމަށާއި، އެ ފުޓުބޯޅަ ޝަހުސިއްްޔަތުގެ ތެރޭގައި ފުޓުބޯޅައިގެ ނޫސްވެރިންނާއި ކޮމެންޓޭޓަރުންގެ އިތުރުން ކުޅުނު ކުޅުންތެރިންވެސް ހިމެނޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ރެފްރީއެއް ހުރި ނަމަވެސް، އެއީވެސް އެކަމުގައި ޝާމިލުވާނެ ކަމެއް ކަމަށް ސުޒޭން ފާހަގަކުރެއްވިއެވެ.
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ